Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ފުނަދޫ ހޮސްޕިޓަލްގެ އާ އިމާރާތް ހަދަން ހަވާލުކޮށްފި

ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް ހަދަން ރާއްޖޭގެ ކުންފުންޏަކާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗާއަކާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މި ޖޮއިންޓްވެންޗާ ހަދާފައި ވަނީ އިންޑޮނީޝިއާގެ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އާއި ރާއްޖޭގެ ފްލެކްސްއިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެވެ. އެގޮތުން ދެ ކުންފުނި ގުޅިގެން ފުނަދޫގެ އާ ހޮސްޓަލް އިމާރާތް ހަވާލުކުރީ 136 މިލިއަން ރުފިޔާއަށެވެ.

މަސައްކަތް ހަވާލުކުރީ ފަށާތާ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ފުނަދޫ އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތު ޑިޒައިން ވެސް މިނިސްޓްރީން އާންމުިކޮށްފައިވެ އެވެ.