Last Updated: May 1, 11:16
Thursday, May 1, 2025
ދުނިޔެ

"ތުރެޑްސް" މިހާރު ޑެސްކްޓޮޕަށް ވެސް

ދާދި ފަހުން މެޓައިން ލޯންޗްކުރި އާ އެޕް "ތުރެޑްސްސް" ޑެސްކްޓޮޕްގައި ވެސް ބޭނުން ކުރެވޭ ގޮތް ހަދައިފި އެވެ.

އެގޮތުން މިހާރު ކޮމްޕިއުޓަރުތަކަށް މި އެޕް ޑައުންލޯޑްކޮށްގެން ބޭނުން ކުރެވޭނެ އެވެ. އިއްޔެ "އެކްސް" އަށް ރީބްރޭންޑްކުރި ޓްވިޓާއާ ވާދަ އަށް މެޓައިން "ތުރެޑްސް" ލޯންޗްކުރީ މި މަހުގެ 5 ގަ އެވެ، އަދި މިހާރު މި ވެފައި ވަނީ ވަރަށް މަގުބޫލު އެއްޗަކަށެވެ. "ތުރެޑްސް" ބޭނުންކުރާ މީހުންގެ އަދަދު މިހާރު 117 މިލިއަނަށް ވުރެ ގިނަ އެވެ.

މި އެޕަކީ މެޓަގެ އިންސްޓަގްރާމާ އިންޓަ-ލިކްވެފައި އިންނަ ގޮތަށް ފަރުމާކޮށްފައިވާ އަދި އެއާ އެއްގޮތަށް ފޮޓޯ އާއި ވީޑިއޯ ވެސް ޕޯސްޓްކުރެވޭ އެޕެކެވެ. "ތުރެޑްސް" ގައި 500 އަކުރާ ހަމައަށް ޓެކްސްޓް ކުރެވޭނެ އެވެ. އަދި މި ޓެކްޓްސްތައް ފެންނާނީ ޓްވިޓްތަކާ އެއްގޮތަށެވެ.

މެޓަ އަކީ ފޭސްބުކާއި ވަޓްސްއެޕާއި މެސެންޖާ ވެސް ހިންގާ ކުންފުންޏެވެ.