ޖަޕާންގެ ފޮރިން މިނިސްޓަރު ޔޮޝިމާސާ ހަޔަޝީ އަންނަ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ޖަޕާންފެ ފޮރިން މިނިސްޓަރު ރާއްޖެ އަށް ކުރައްވާ މި ދަތުރަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރެއް ކަމަށެވެ.
އެގޮތުން ޝާހިދުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދިއާ ވެސް ޖަޕާންގެ ފޮރިން މިނިސްޓަރު ބައްދަލުކުރައްވައި ދެ ގައުމުގެ ރަސްމީ މަޝްވަރާތައް ބާއްވަވާނެ އެވެ. އަދި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް) އާ ގުޅޭ އެއްބަސްވުމެއްގައި ދެ ގގައުމުން ސޮއިކުރަން ވެސް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ޖަޕާނަކީ ރާއްޖެ އަބަދު ވެސް އެކި ގޮތްގޮތުން އެހީވަމުން އަންނަ، ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބާއްވާ ގައުމެކެވެ.