ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭން މެނޭޖަރަކަށް އަލިފުށީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) ހަމަޖައްސައިފި އެވެ.
މޯގެ އިތުރުން ރައީސްގެ އިންތިހާބީ އޭޖެންޓަކަށް ހަމަޖައްސާފައި ވަނީ ކިނބިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޝިޒެވެ. އައްޑޫ މީދޫ ދާއިރާގެ މަލިޖިސް މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ގެ ފިރިކަލުން ނާޝިޒަކީ މި އަހަރުގެ ޖެނުއަރީގައި ބޭއްވި އެމްޑީޕީގެ ޕްރައިމަރީ އަށް ރައީސް ވާދަކުރެއްވި އިރު، ކެމްޕޭން މެނޭޖަރެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ އިންތިހާބަށް ރައީސް މިހާރު ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް ނަން ހުށަހެޅުމުގެ ފުރުސަތު މިދިޔަ އާދީއްތަ ދުވަހު އިލެކްޝަން ކޮމިޝަން (އީސީ) އިން ވަނީ ހުޅުވާލައިފަ އެވެ. އަދި ސުންގަޑި ހަމަވާނީ އަންނަ މަހުގެ 7 އަށެވެ.