ރ. ވާދޫއަށް އެތެރެކުރަން އުޅުނު ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނެފައިވަނީ މި ތަކެތި އަތުލައިގަނެފައިވަނީ، ޖުލައި 24 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނަކީ ވާދޫއަށް ސަފާރީއަކުން ހުއްދަނެތި ބަނގުރާ އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ވާދޫ ޕޮލިސް ޑެސްކާއި އަލިފުށި ޕޮލިސް ސްޓޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 455 ފުޅި ބަނގުރާ އަދި 52 ދަޅު ބަނގުރާ އެ ސަފާރީން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް މައުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އެ އިދާރާއިން މިމައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.