Last Updated: July 25, 10:39
Saturday, July 25, 2026
މުނިފޫހިފިލުވުން

އަޔޫޝްމަންގެ "ޑްރީމް ގާލް 2" ގެ ޕޯސްޓަރެއް

ބޮލީވުޑްގައު އަބަދު ވެސް ވަރަށް ތަފާތު ފިލްމުތަކެއް ކުޅެމުން އަންނަ އެކްޓަރު އަޔޫޝްމަން ކްރާނާގެ އާ ފިލްމު "ޑްރީމް ގާލް 2" ގެ އާ ޕޯސްޓަރެއް މިއަދު ދައްކާލައިފި އެވެ.

އެ ފިލްމު ރިލީޒްކުރަން މަހެއްހާ ދިމާކޮށް އާ ޕޯސްޓަރެއް ދައްކައިލި އިރު، ވަރަށް ތަފާތު ގޮތަކަށް މީގެ ޕްރޮމޯޝަންތައް ވެސް ކުރިއަށް ގެންދަ އެވެ.

އެގޮތުން މި ފަހުން ބައެއް ފިލްމުތަކާ ގުޅުވައިގެން "ޑްރީމް ގާލް 2" ޕްރޮމޯޓްކުރަމުން އަންނަ އިރު، އެންމެ ފަހުން އާންމުކުރި ޕްރޮމޯޝަނަލް ވީޑިއޯގައި ފެންނަނީ އަންނަ ހުކުރު ދުވަހު ރިލީޒްކުރާ ޑައިރެކްޓަރު ކަރަން ޖޯހަރްގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި ރަންވީރު ސިންގް ކުޅެފައިވާ ރޮކީއާ ކެރެކްޓާ އަށް، އަޔޫޝްމަންގެ ޕޫޖާ ކެރެކްޓާ ގުޅައިގެން ވާހަކަ ދައްކާ ތަނެވެ.

އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް ގެނެސްދޭ "ޑްރީމް ގާލް" އަކީ ޑައިރެކްޓަރު ރާޖް ޝާންޑަލިޔާ ލިޔެ 2019 ގައި ގެނެސްދިން "ޑްރީމް ގާލް" ގެ ސީކްއެލް އެވެ. މި ފަހަރު ފިލްމުގެ ބަތަލާ އަކީ ނުޝްރަތު ބަރޫޗާގެ ބަދަލުގައި އަނަންޔާ ޕާންޑޭ އެވެ.

މި ފިލްމަކީ ވަޒީފާއެއް ހޯދަން އުޅުނު ޒުވާނަކަށް ކޯލު ސެންޓަރެއްގައި "ޕޫޖާ" ކިޔާ މީހަކަށް ހެދިގެން އަންހެން އަޑުން ވާހަކަ ދައްކައިގެން އެ އަޑުގެ ޖާދޫގައި އެތައް ބަޔަކު ޖެހި، އެކަމާ ގުޅިގެން ހިނގާ ހެއްވާ މަޖާ ހާދިސާތަކެއް ދައްކުވައިދޭ އެއްޗެކެވެ. އަދި "ޑްރީމް ގާލް 2" ގައި ޕޫޖާގެ ކެރެކްޓާ އޮތީ ހަ ފިލި މައްޗަށް އަރުވައިފަ އެވެ. އެހެންވެ ކުރީގެ ބަޔަށް ވުރެ ސީކްއެލް މަޖާ ވާނެ ކަމަށް ބެލެވެ އެވެ.