Last Updated: May 1, 00:08
Tuesday, April 30, 2024
ވިޔަފާރި

ފޭދޫގައި އެސްޓިއޯގެ ބޭސް ފިހާރައެއް ހުޅުވައިފި

ފޭދޫގައި އެސްޓިއޯއިން ހުޅުވި ބޭސް ފިހާރަ. ފޮޓޯ: އެސްޓިއޯ

ދިވެހި ސަރުކާރުގެ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓިއޯ) އިން ފޭދޫގައި ބޭސް ފިހާރައެއް ހުޅުވައިފިއެވެ.

އެސްޓިއޯގެ މެނެޖިން ޑިރެކްޓަރ އާދަމް އާޒިމް ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ފޭދޫގައި އެކުންފުނީގެ ބޭސް ފިހާރައެއް ހުޅުވިފައިވާ ކަމަށެވެ.

ފޭދޫ ސިއްހީ މަރުކަޒުގެ ގޯތިތެރޭގައި ހުޅުވި މި ބޭސް ފިހާރައަކީ އެކުންފުނިން ހުޅުވި 47 ވަނަ ބޭސް ފިހާރައެވެ. އާސަންދައިގެ ހިދްމަތާއި އެކު ހުޅުވި މި ބޭސް ފިހާރައިގެ ސަބަބުން ފޭދޫގެ ރައްޔިތުންނަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެއެވެ.