Last Updated: April 25, 10:47
Thursday, April 25, 2024
ވިޔަފާރި

ދިވެހި ކުދިންގެ ތަރުހީބް ބޮޑު : ފްލައިން ސްކޫލް

ސ. ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލް "އޭޝިއަން އެކަޑަމީއޮފް އެރޮނޮޓިކްސް" އަށް ދިވެހި ކުދިންގެ ބޮޑު ތަރްހީބެއް ލިބެމުން އަންނަ ކަމަށް އެ ސްކޫލްއިން ބުނެފިއެވެ.

ފްލައިން ސްކޫލްގެ އިސް އޮފިޝަލަކު ވިދާޅުވީ، އެސްކޫލުން މިހާތަނަށް 7 ބެޗް ނިންމާފައިވާއިރު މިފަހަރުގެ ބެޗްގައި ދިވެހި 10 ދަރިވަރަކު ކިޔަވަމުން އަންނަ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، ޕައިލެޓް ކޯސް ހަދަން ޝައުގުވެރިކަން ހުންނަ ކުދިންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ލޯން އެހީގެ ދަށުން ކިޔެވޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި އެގޮތަށް ލޯން އެހީގައި މިހާރުވެސް 2 ދަރިވަރަކު ކިޔަވަމުން އަންނަ ކަމަށެވެ.

ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލުން 4 މަހުގެ ބޭސިކް ކޯހެއް ހެދުމަށް އެޑްމިޝަންއާއެކު ދައްކަންޖެހެނީ ގާތްގަޑަކަށް 10 ހާސް އެމެރިކާ ޑޮލަރެވެ.

އަދި ކޯހަށް އެޕްލައި ކުރާ ފަރާތްތަކަށް މަހުންމަހަށް ބަހާލައިގެން ފައިސާދައްކޭނެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ.

ފްލައިން ސްކޫލްއިން ބުނީ މިހާރު ހިގަމުންދާ ބެޗްގައި 26 ދަރިވަރަކު ޕައިލެޓް ކޯސް ހަދަމުން އަންނަ އިރު އެންމެ ގިނައީ ދިވެހި ދަރިވަރުން ކަމަށެވެ. އަދި ދިވެހި ކުދިންނަށް އިސްކަން ދޭނެ ކަމަށް ފްލައިން ސްކޫލުން ބުންޏެވެ.
10516861_606419999472150_644464528283603565_n

ޕައިލެޓް ކޯސް ހަދަމުން އަންނަ ދަރިވަރުންނަށް ފްލައިން ސްކޫލްދޭ އަނެއް އުފާވެރި ހަބަރަކީ ދަރިވަރުން ހަދަންޖެހޭ ގްރައުންޑް އެގްޒޭމް ގަމުގައި ތިބިގެން ހެދޭނެ އިންތިޒާމް މިހާރު އެސްކޫލްގައި ހަމަޖެހިފައިވުމެވެ.

2010 ވަނަ އަހަރު ޖުލައި މަހު ގަމުގައި ހުޅުވި ފްލައިން ސްކޫލްގެ އުއްމީދަކީ ގިނަ ދިވެހި ދަރިވަރުންތަކެއް އެ ސްކޫލުން އުނގެނުމެވެ.