ކެނަބިސް ބޭނުންކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން އައްޑޫ ފޭދޫ މީހަކު ހޯދަން އިއުލާންކޮށްފި އެވެ.
ހޯދަނީ ފޭދޫ ޑޭޒީމާގޭ މުހައްމަދު ޝާވީ، 22، އެވެ.
ފުލުހުން ބުނީ އޭނަ ހޯދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ. ކެނަބިސް ބޭނުންކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ޝާވީ ކޯޓަށް ހާޒިރުކުރަން ފުލުހުންގެ މައްޗަށް އަމުރެއް ނެރުނީ އޭނަ ބަންދުގައި ބަހައްޓައިގެން މި ޖުލައި 30 ވަނަ ދުވަހުގެ ހެނދުނު 9:00 އަށް ހާޒިރުކޮށް ދިނުމަށެވެ.
އެހެންވެ އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރަން އެދިފައިވެ އެވެ.