އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު ގޯތަމް ރޯޑާއި އަންހެނުން ޕަންކުޅީ އަވަސްތީ އަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ އެވެ.
ދެ ޖިންސްގެ ދެ ކުދިން ލިބުކަން އެ މީހުންގެ އިންސްޓަގްރާންގައި ވެސް މިއަދު ހިއްސާކޮށްފައިވެ އެވެ. ބަތަލާއެއްގެ ގޮތުގައި މަސައްކަތްލުރާ ޕަންކުޅީއާ ގޯތަމް ކައިވެނިކުރީ 2020 ގަ އެވެ.
ބޮލީވުޑްގެ ތަރި އަޔޫޝްމަން ކްރާނާގެ 2020 ގެ ފިލްމު "ޝުބް މަންގަލް ޒާދާ ސާވްދާން" ގެ ރޯލެއް ވެސް ކުޅުނު ބަތަލާ ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އާއި "ގުޅް ތޭ މީތާ އިޝްގް" އަދި "މެޑަމް ސާ" ހިމެނެ އެވެ.
ގޯތަމް ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ސަރަސްވަތީޗަންދުރާ"، "ބާ ބަހޫ އޯރް ބޭބީ"، "މޭރޭ ނާމް ކަރޭގީ ރޯޝަން" އަދި "ބަކަރްވާދީ" ހިމެނެ އެވެ. ގޯތަމް ވެސް ބައެއް ފިލްމުތަކުގައ މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި "އަގިއާތު" އަދި "އަކްސަރު 2" ހިމެނެ އެވެ.