މާލެ އަތޮޅު އެނބޫދޫފަޅުގައި ތަރައްގީކުރަމުން އަންނަ އާ ރިސޯޓް، އެސްއޯ/މޯލްޑިވްސް މި އަހަރުގެ ނޮބެމްބަރު މަހު ހުޅުވަން ނިންމައިފި އެވެ.
މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ މި ހިތްގައިމު ލަގްޒަރީ ރިސޯޓް ރަސްމީކޮށް ހުޅުވަން ތާވަލުކޮށްފައި ނޮވެމްބަރު 1 ގަ އެވެ. މިތަނަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ލޯޗްގައިި 15 މިނިޓުން ދެވޭ ހިސާބުގައި އޮތް ރިސޯޓެކެވެ.
އަށްޑިހަ ވިލާގެ އެސްއޯ/މޯލްޑިވްސް ވަރަށް ތަފާތު ޑިޒައިންތަކެއް ފެނިގެންދާނެ އަދި އެތަނުގައި ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުން މުޅިން ތަފާތު ލައިފްސްޓައިލަކަށް ގެންގޮސްދޭ ގޮތަށް ތަރައްގީކުރަމުން އަންނަ ތަނެކެވެ.
މިތަނުގެ ވިލާތަކުގެ ތެރޭގައި ޖާގަ ވަރަށް ތަނަވަސް އޯވަ-ވޯޓަ ވިލާތަކާއި ބީޗް ފްރޮންޓް ވިލާތައް ހިމެނޭނެ އެވެ. އެސްއޯ/މޯލްޑިވްސްގައި ތަފާތު ހިސާބަކުގެ ކެއުންތައް ވެސް ލިބޭ ތިން ރެސްޓޯރަންޓާއި ޓޫރިސްޓުންނަށް ބޭނުންވާ އެތައް ފެސިލިޓީއެއް ހުންނާނެ އެވެ.
މި ރިސޯޓަކީ އަވަން ގާޑް ބްރޭންޑްގެ ރިސޯޓެކެވެ.