Last Updated: July 25, 09:39
Saturday, July 25, 2026
މުނިފޫހިފިލުވުން

ގަދަރު 2؛ ސަނީ މައިތިރިއެއް ނުވާނެ

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެކްޓަރު ސަނީ ޑިއޯލްގެ ފިލްމު "ގަދަރު 2" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަންނަ މަހުގެ 11 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ އޭނަގެ 2001 ގެ ފިލްމު "ގަދަރު: އޭކް ޕްރޭމް ކާތާ" ގެ ސީކްއެލް އެވެ. އިންޑިއާ ބައިބައިވެގެން ދިޔަ ދުވަސްވަރު އެ ގައުމުގެ މީހަކާއި ޕާކިސްތާނުގެ މީހެއްގެ ލޯބީގެ ގުޅުމެއް ބިނާކޮށް ހެދި ފިލްމުގެ ދެވަނަ ބައިގައި ސަނީގެ ތާރާ ސިންގްގެ ކެރެކްޓާ މި ފަހަރު ފެނިގެން ދާނީ އޭނަގެ ޕާކިސްތާންގެ އަންހެނުން ސަކީނާގެ އާއިލާގެ ހިމާޔަތަކާއި ރައްކާތެރި ކަމަށް ލާހޯރްގައިވާ ގުރުބާނީ އެވެ.

"ގަދަރު 2" ގެ ޓްރެއިލާ އިން ވަނީ މި ފިލްމީ މީގެ ފުރަތަމަ ބައިގައި ސަނީ ފެނިގެން ދިޔަ ގޮތަށް އޭނަގެ ރުޅިގަނޑާއި ޖަރުބާޒުތަކާއި މައިތިރި ނުވުން އިންތިހާ އަށް ފެނިގެން ދާނެ އެއްޗެއްކަން އަންގައި ދީފަ އެވެ. މި ފަހަރު މި ވާހަކައިގެ އެންމެ ހާއްސަ އެއް ކަމަކަށް ވަނީ ފުރަތަމަ ބައިބައި ތާރާ އާއި ސަކީނާ އަށް ލިބުނު ދަރިފުޅު ބޮޑުވެ، ޒުވާނެއްގެ ގޮތުގައި ފެނިގެން ދިއުމެވެ.

ސަނީ އާއި އަމީޝާ ޕަޓޭލް ލީޑް ރޯލު ކުޅުނު އެ މީހުންގެ ދަރިފުޅުގެ ރޯލު ދެ ފިލްމުގައި ވެސް ކުޅުނީ ފިލްމުގެ ޑައިރެކްޓަރު އަނިލް ޝަރުމާގެ ދަރިފުޅު އުތުކާޝް ޝަރުމާ އެވެ.

"ގަދަރު 2" ގެ ކާސްޓްގައި ސިމްރަން ކޯރް، ލަވް ސިންހާ، ގޯރަވް ޗޯޕްޅާ، މަނީޝް ވަދުވާ އަދި މީރް ސަރުވާ ފަދަ ފަންނާނުން ހިމެނެ އެވެ.

"ގަދަރު" ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމަކަށްވާތީ މީގެ ދެވަނަ ބައި ވެސް ވަރަށް ކާމިޔާބުވާނެ ކަމަށް ގިނަ ބަޔަލު ލަފާކުރެ އެވެ.