ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އާއ އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ ގުޅުން އިއްޔެ ކެނޑިއްޖެ އެވެ.
މިއީ އައިއެސްއެސްގެ ކަނެއް ތާރީހުގައި ވެސް ނިފަދަ ކަމެއް ދިމާވި ފުރަތަމަ ފަހަރެވެ، މި ވަގުތު ހަތް އެސްޓްރޯނަޓަކު އެ ތަނުގައި ތިބި އިރު، އިރު އިއްޔެެ ވަގުތެއްގައި ނާސާ އާއި އައިއެސްއެސްގެ މުއާމަލާތް ކެނޑޫނި ސްޓޭޝަންގެ ކަރަންޓްގެ މައްސަލައަކާ ހެދި އެވެ. އެގޮތުން ދޮޅު ގަޑިއެއްހާ އިރެއް، ދެ ފަރާތުގެ ގުޅުން ކެނޑިފައި އޮތެވެ. އަދި އެ މައްސަލަ އެއްކޮށް ހައްލުކުރަން ގާތްގަނކަށް ދޮޅު ގަޑިއެއްހާ އުރު ނެގި ކަމަށް ސްޕޭސް ސްޓޭޝަން ޕްރޮގްރާމްގެ މެނޭޖަރު ޖޮއެލް މޮންޓަލްބާނީ ވިދާޅުވި އެވެ.
އައިއެސްއެސް އިން ކަރަންޓް ކެނޑި އިރުތަކެއް ވަންދެން ނާސާއާ ގުޅުން ކެނޑުނު ނަމަވެސް އެކަމާ ގުޅިގެން ކަންބޮޑުވާން ޖެހޭ ވަރުގެ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށާއި އެއްވެސް އެސްޓްރޮނޯޓަކަށް ވެސް އޭގެ ސަބަބުން ނުކުރައްކަލާ ކުރިމަތިލާން ނުޖެހޭ ކަމަށް ބުނެފައިވެ އެވެ.
ނާސާ އިން ބުނި ގޮތުގައި އައިއެސްއެސް އިން ކަރަންޓް ދިޔަކަމުގެ މައުލޫމާތު ލިބުނީ އެކަން ދިމާވިތާ ވިއްސަކަށް މިނިޓް ފަހުން ރަޝިއާ މެދުވެރިށެވެ.
ޖައްވީ ތަފާތު މިޝަންތައް ކުރިއަށް ގެންދާ އައިއެސްއެސް އަކީ ގެ 24 އަހަރު ކުރިން 1998 ގައި ލޯންޗްކުރި އެއްޗެކެވެ. މިއަށް ދުވަސްވުމުގެ ސަބަބުން ތަފާތު އެކި ކަހަލަ މައްސަލަތަކާ މި ފަހުން ކުރިމަތިލާން ޖެހިފައިވެ އެވެ. އެގޮތުން 2020 ގެ ތެރޭގައި އެއިން ވައި ލީކްވާ މައްސަލަތަކެއް ވެސް ދިމާވި އެވެ.
އައިއެސްއެސްގައި އެމެރިކާ އާއި ރަޝިއާ މައިގަނޑު ގޮތެއްގައި ހިއްސާވި ނަމަވެސް އައިއެސްގައި ޖަޕާނާއި ކެނެޑާ އަދި ޔޫރަޕް ވެސް ހިއްސާވެ އެވެ.
މިދިޔަ އަހަރުގެ ކުރީކޮޅޫ ނާސާ އިން ބުނެފައިވާ ގޮތުގައި މިހާރު ނިންމާފައި އޮތީ 2031 ގައި އައިއެސްއެސް ޕެސިފިކް ވައްޓައިލުމަށެވެ. އެ ވައްޓާލަން ނިންމާފައި ވަނީ ޕެސިފިކް ކަނޑުގެ ދެކުނު ސަރަހައްދަކަށެވެ. އެ ސަރަހައްދަށް ނަމެއް ވެސް ދީފައިވާ އިރު، އެތަނަށް "ޕޮއިންޓް ނީމޯ" އެވެ.
ސްޓޭޝަން ވައްޓާލެވޭނެ ކަމަށް ލަފާކޮށްފައި ވަނީ 2031 ގެ ޖެނުއަރީގަ އެވެ.