Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

ކޮމަންވެލްތު ގޭމްސް އަށް ރާއްޖެ ނުދާނެ

މި އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ބައިވެރި ނުވާން ނިންމައިފި އެވެ.

މުބާރާތުގައި ރާއްޖެ ބައިވެރި ނުވަނީ ފައިސާ ނެތިގެން ކަމަށް ބުނެ ވާހަކަތަކެއް ދެކެވޭތީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުބާރާތަށް ނުދާން ނިންމީ އެކަމަށް ކުރަން ޖެހޭ ހަރަދު ބޮޑުކަމުން ކަމަށެވެ.

އޭނަ ވިދާޅުވީ މުބާރާތުގައި ރާއްޖެ ބައިވެރި ނުވާން ނިންމި މައިގަނޑު ސަބަބަކީ މުބާރާތް ބާއްވާ ޓްރިނިޑާޑް އެންޑް ޓޮބޭގޯ އަށް ދާން ކުރަން ޖެހޭ ޚަރަދު ބޮޑުކަމުން ކަމަށެވެ.

"ކޮމަންވެލްތު ޔޫތު ގޭމްސްގައި ބައިވެރި ނުވުމަށް ނިންމީ، ގޭމްސްގައި ބައިވެރިވުމަށް ޓްރިނިޑާޑް އެންޑް ޓޮބޭގޯ އަށް ދިއުމަށް ކުރަން ޖެހޭ ޚަރަދު އިންތިހާ އަށް ބޮޑުވެފައި އަދި މި ގޭމްސް އިން އެއްވެސް ނަތީޖާއެއް ނެރުމަކީ ވަރަށް ދުރު ކަމެއް ކަމަށް ވުމާއެކު، އެ ފައިސާއިން އައިއޯއައިޖީ އަށް ޓީމުތައް ތައްޔާރުވުންމުން ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް ޔޫތު މިނިސްޓްރީ، އޮލިމްޕިކް ކޮމިޓީ އަދި އެސޯސިއޭޝަންތަކަށް ގަބޫލުކުރެވޭތީ،" މަހްލޫފް ވިދާޅުވި އެވެ.

ކޮމަންވެލްތު ގޭމްސް އޮންނާނީ އަންނަ މަހު 4-11 އަށެވެ.