Last Updated: May 1, 11:45
Thursday, May 1, 2025
ދުނިޔެ

ޓިކްޓޮކަށް ޓެކްސްޓް ކުރެވޭ ފީޗާއެއް

ޓްވިޓާ އާއި ތުރެޑްސް ގޮތަށް ޓެކްސްޓްކުރެވޭ ފީޗާއެއް ޓިކްޓޮކުން ވެސް ތައާރަފުކޮށްފި އެވެ.

އެ ހިންގާ ޗައިނާގެ ބައިޓްޑާންސުން ބުނީ ޓެކްސްޓްކުރެވޭ ފީޗާ އަކީ ހާއްސަކޮށް ޓިކްޓޮކްގެ ކްރިއޭޓަރުންނަށް އެ މީހުންގެ ހިޔާލާއި ޝުއޫރުތައް އެ ޕްލެޓްފޯމްގައި ހިއްސާކުރަން ފަހިކޮށްދިން ފީޗާއެއް ކަމަށާއި މީގެ ސަބަބުން ޓިކްޓޮކް ބޭނުންތެރިކަން އިތުރަށް ބޮޑުވާނެ ކަމަށެވެ.

މި ފީޗާ މެދުވެރިކޮށް ޕޯސްޓްކޮށް، ކޮމެންޓްކޮށް ކެޕްޝަންތަައް ވެސް ލިޔެވޭނެ އެވެ. އަދި ޓެކްސްޓް ޕޯސްޓްތަކާއި މިއުޒިކާއި ލޮކޭޝަން ވެސް ހިމެނޭނެ އެވެ. މޯގައި ސްޓިކާ އޮ ޓެގާއި ހޭޝްޓެގާއި ބެކްގްރައުންޑް ކުލަތަކާއި ޑްރާފްޓް/ޑިސްކާޓް ވެސް އެކުލެވޭނެ އެވެ.

ޓިކްޓޮކް ހާއްސައީ ކުރު ވީޑިއޯ އަޕްލޯންޑްކުރުމަށެވެ.

ޓިކްޓޮކަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން މިހާރު އެންމެ މަގުބޫލު އެކައްޗެވެ. މިއީ ކުރިން އެމެރިކާގައި މިއުޒިކަލީގެ ނަމުގައި ހިންގި އެޕެކެވެ، ޗައިނާ އިން އެ ގަނެ، ޓިކްޓޮކަށް ރިބްރޭންޑްކުރީ 2016 ގަ އެވެ.