މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެޕާޓީގެ ރައީސް އަހުމަދު ފާރިސް މައުމޫން ފޯމް ހުށަހަޅުއްވައިފިއެވެ.
އެމްއާރްއެމްގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖުލައި 25 ވަނަ ދުވަހުން 27 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެމްއާރްއެމްއިން ބުނެފައިވަނީ އެ ޕާޓީގެ ފަރާތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއަވާ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް ފާރިސް ވާދަކުރެއްވުމަށް މިއަދު ފޯމް ހުށަހަޅުއްވާފައިވާ ކަމަށެވެ.
އެމް.އާރު.އެމް ގެ ފަރާތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބާއަވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް، އެމް.އާރް.އެމްގެ ރައީސް @afarismaumoon ފޯމު ހުށަހަޅުއްވައިފިއެވެ. pic.twitter.com/6KAD6ZHl0U
— Maldives Reform Movement (@MRM_Office) July 27, 2023
ފާރިސް އަންނަނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކުރައްވަންޖެހޭ އިދާރީ މަސައްކަތްތައް ކުރައްވަމުންނެވެ. އަދި އެމްއާރްއެމްގެ ނަމުގައި ވާދަކުރުމުގެ ފުރުސަތު އީސީން ނުދޭ ހާލަތުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް ސޮއި ހޯއްދުވުމުގެ މަސައްކަތްވެސް އަންނަނީ ކުރައްވަމުންނެވެ.
މިފަހުން އެމްއާރްއެމްއިން ވަނީ ޖޫމްހޫރީ ޕާޓީއާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ދެ ޕާޓީން އެކުގައި ގުޅިގެން ރިޔާސީ އިންތިހާބަށް މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.