ބޮލީވުޑްގެ ޒުވާން ބަތަލާ ސާރާ އަލީ ޚާން އޭނަގެ ބައްޕަ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާނާ އެކީ ކުޅެފައިވާ އިޝްތިހާރެއް އާންމުކޮށްފި އެވެ.
މިއީ އިންޝުއަރެންސް ކުންފުންޏެއް ކަމަށްވާ އެކޯގެ އިޝްތިހާރެކެވެ. މީގައި ފެންނަނީ ކާރު އިންޝުއަރެންސްކޮށްގެން ބައްޕަގެ މޫޑް ސާރާ ރަނގަޅުކޮށްލާ ތަނެވެ. މި އިޝްތިހާރު އިންސްޓަގްރާމްގައި ހިއްސާކޮށް ސާރާ ބުނީ މިއީ 30 ސިކުންތުން ބައްޕަގެ މޫޑް ރަނގަޅުކޮށްލެވުމެއް ކަމަށެވެ.
Ladies and Gentlemen, Illiyas Labeeb pic.twitter.com/NSP9DLoboW
— Mohamed Nasheed (@MohamedNasheed) July 27, 2023
މި އިޝްތިހާރަކީ ސާރާ އާއި ސައިފް އެކީގައި ޕްރޮފެޝަނަލްކޮށް މަސައްކަތަކުން ފެނިގެން ދިޔަ ފުރަތަމަ ފަހަރެވެ.
މިހާރު ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ދާދި ފަހުން ވަނީ މާމަ އަދި ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓެގޯރްއާ އެކީ ވެސް އިޝްތިހާރެއް ކުޅެފަ އެވެ. އެއީ "މާމާ އާތު" ބްރޭންޑްގެ ފިޔާ ޝޭމްޕޫ އިޝްތިހާރެކެވެ. މި ޝޭމްޕޫގެ އިޝްތިހާރެއް ކުރިން ސާރާ ވަނީ މަންމަ އަދި ބަތަލާ އަމްރިތާ ސިންގްއާ އެކީ ވެސް ކުޅެފަ އެވެ.
ސާރާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" އެވެ.