Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

އެމްއާރްއެމްގެ ޓިކެޓް ފާރިސް އަށް

ފޮޓޯ: އެމްއާރްއެމް

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ހުށަހެޅުއްވީ ފާރިސް މައުމޫން އެކަނި ކަމަށް އެ ޕާޓީން ބުނެފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދެވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަށް މި މަހުގެ 25 ގައި ހުޅުވާލައި ސުންގަޑި ހަމަވީ އިއްޔެ ހަވީރު 4:00 އެވެ. ފާރިސް ނޫން ބޭފުޅަކު ޕްރައިމަރީގައި ވާދަކުރަން ހުށަހަޅާނާތީ އޭނަ އަށް އޮޓިމެޓިކް ޓިކެޓް ލިބިވަޑައިގަންނަވާނެ އެވެ.

އެ ޕާޓީން ރިޔާސީ އިންތިހާބަށް ނުކުންނަން ނިންމި އިރު، 2018 ގައި އެމްޑީޕީއާ ކޯލިޝަން ހެދި ގޮތަށް މި ފަހަރު ވެސް ކޯލިޝަން ހަދަން ދިން ދައުވަތު ގަބޫލުނުކޮށް ވަނީ ދޫކޮށްލައިފަ އެވެ. އަނެއްކޮޅުން އެމްއާރްއެމް މިހާރު ގާނޫނީ "މައްސަލައެއް' ގެ ތެރޭގަ އެވެ. އެއީ ސިޔާސި ޕާޓީގެ ގާނޫގައި ބުނާ އަދަދަކަށް މެމްބަރުން ހަމަނުވާތީ އެވެ. އެހެންވެ 3،000 އަށް ވުރެ މަދުވެފައިވާތީ އިލެކްޝަން ކޮމިޝަން (އީސީ) އިން އޮތީ އެމްއާރްއެމް އުވައިލަން ނިންމައިފަ އެވެ.

އެހެންވެ ޕާޓީގެ ފަރާތުން ފާރިސް އަށް ވާދަނުކުރެވިއްޖެ ނަމަ އަމިއްލަ ގޮތުން ވާދަކުރައްވަން ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ވެސް ގެންދަވަނީ ކުރައްވަމުންނެވެ. ފާރިސް އަކީ މައުމޫންގެ ދަރިކަލެކެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ނަން ހުށަހަޅަން އިލެކްޝަން ކޮމިޝަން އީސީން ދިން ސުންގަޑި ހަމަވާނީ އަންނަ މަހުގެ 7 އަށެވެ. ފުރުސަތު ހުޅުވައިލީ މިދިޔަ އާދީއްތަ ދުވަހު އެވެ.