Last Updated: July 25, 09:39
Saturday, July 25, 2026
މުނިފޫހިފިލުވުން

ތަމަންނާގެ ހިޓް ލަވައިގެ ހިންދީ ވާޝަނެއް

އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ރަޖްނީކާންތުގެ ފިލްމު "ޖެއިލާ" ގެ ހިމެނޭ ލަވަ "ކާވާލާ" ގެ ހިންދީ ވާޝަން އިއްޔެ ލޯންޗްކޮށްފި އެެވެ.

މުމްބާއީގައި އިއްޔެ ބޭއްވި ހަފުލާއެއްގައި "ތޫ އާ ދިލްބަރާ" ގެ ނަން ދީފައިވާ ލަވަ ލޯންޗްކޮށް ދިނީ ތަމަޅަ ލަވައިގައި ވެސް ކެޗީ ނެށުންތަކެއް ދައްކުވައި ދިން ބަތަލާ ތަމަންނާ ބާޓިއާ އެވެ. މި މަހުގެ ކުރީކޮޅު "ކާވާލާ" ދައްކައިލުމާ އެކީ މި ލަވައިގެ ޖާދޫގައި އެތައް ބަޔަކު ޖެހި، ޔޫޓިއުބްގައި އެތައް މިލިއަން ވިއުސްއެއް ލިބިފައިވެ އެވެ.

މި ލަވަގައި ތަމަންނާ ސްޓައިލްކޮށްފައި އިން ގޮތާއި އޭނަގެ ނެށުންތަކުން ވަރަށް ގިނަ ބަޔަކު ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާގެ މަތިން ވަރަށް ހަނދާންކޮށްދޭ ކަމަށް ބުނެ "ތަމަންނާ އަކީ އިންޑިއާގެ ޝަކީރާ" ކަމަށް ބުނެފައިވެ އެވެ.

ގިނަ ބައެއްގެ ސަމާލުކަން ލިބުނު "ކާވާލާ" ލަވައިގެން ހިންދީ ވާޝަން އިއްޔެ ނެރުނު އިރު، ނެލްސަން ޑައިރެކްޓްކޮށްފައިވާ ތަމަޅަ ފިލްމު "ޖެއިލާ" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 10 ގަ އެވެ. މި އެކްޝަން ކޮމެޑީގެ ކާސްޓްގައި ޖެކީ ޝްރޮފް، މޯހަންލާލު، ރާމިއާ ކްރިޝްނަން، ވަސަންތު ރަވީ، ޝިވާ ރާޖުކުމާރު އަދި ޔޮގީ ބާބޫ ފަދަ ތަރިން ހިމެނެ އެވެ.