އައްޑޫ ހިތަދޫގައި ހުންނަ އެމްޑީޕީގެ މައި ހަރުގެ ތެރޭގައި އެންމެ މީހަކު އިންނަ ތަން ފެންނަ ފޮޓޯއަކާ އެކީ، މިކަމުން ދައްކުވައި ދެނީ ބަދަލުވަމުން އަންނަ ސިޔާސީ ހަގީގަތް ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ސަރުކާރަށް ބަހުގެ ހަމަލާއެއް ދެއްވައިފި އެވެ.
ދަ ޑިމޮރްކެޓްސް އަށް ނިސްބަތްވާ ކުރެއްވި މެމްބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު ސިޓީގެ އެންމެ އާބާދީ ބޮޑު ރަށް ހިތަދޫގައި، ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ މައި ހަރުގޭގެ ހާލަތު ކަމަށެވެ.
ރާއްޖޭގެ މާލެފިޔަވައި އެންމެ އާބާދީ ބޮޑު ސިޓީގެ އެންމެ އާބާދީ ބޮޑު ރަށް ހިތަދޫގައި، ރައްޖޭގެ އެންމެ ބޮޑު ޕާޓީގެ މައި ހަރުގޭގައި އެންމެ މީހެއް. ބަދަލުވަމުން އަންނަ ސިޔާސީ ހަގީގަތް. pic.twitter.com/RNCj5EdomF
— Hussain Firushan *️⃣ (@husnfirey) July 26, 2023
"[މި ފެންނަނީ] ބަދަލުވަމުން އަންނަ ސިޔާސީ ހަގީގަތް." އެމްޑީޕީ އަށް އައްޑޫގައި މާ ބޮޑު ތާއީދެއް މިހާރު ނެތް ކަމަށް އިޝާރާތްކުރައްވައި އޭނަ ވިދާޅުވި އެވެ.
ހިތަދޫގެ އެމްޑީޕީގެ މި ޖަގަހަ އަކީ މިދިޔަ މަހުގެ ކުރީކޮޅު އައްޑު އަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރެއްވި ދަތުރުފައި ހުޅުއްވައު ދެއްވި ތަނަވެ. އަދި މި ތަނަކީ އެމްޑީގެ އެންމެ ބޮޑު ހަރުގެ ކަމަށް ބުނެފައިވެ އެވެ. މިތަން ހުންނަނީ ހިތަދޫ ލިންކް ރޯޑްގަ އެވެ. އެއީ "ސުވާދިވު ރެސްޓޯރަންޓް" ކައިރީގަ އެވެ.