Last Updated: June 28, 13:55
Sunday, June 28, 2026
ޚަބަރު

ފޭދޫ ކޯޓުގެ މެޖިސްޓްރޭޓަކަށް ހުސެއިން ޝަހީދު

ނޮވެމްބަރު 26، 2014: ހަ ކޯޓަކަށް މެޖިސްޓްރޭޓުން އައްޔަން ކުރައްވައި އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ

ސ. ފޭދޫ ކޯޓުގެ މެޖިސްޓްރޭޓަކަށް ހިތަދޫ، ބާޒީގެ، ހުސެއިން ޝަހީދު ހަމަޖައްސަވައިފިއެވެ.

ޖުޑިޝަލް ސާވިސް ކަމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި ޝަހީދު އާއި މެޖިސްޓްރޭޓްކަމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ބަންޑާރަ ނައިބް އަދި ޖުޑިޝަލް ސާވިސް ކަމިޝަންގެ މެމްބަރު މުހައްމަދު އަނިލްއެވެ.

ހުސެއިން ޝަހީދު، ފޭދޫ ކޯޓުގެ މެޖިސްޓްރޭޓްކަމަށް އައްޔަން ކުރެއްވި އިރު މިހާރު ފޭދޫ ކޯޓުގެ މެޖިސްޓްރޭޓަކީ އައްޑޫ މީދޫ، އަބްލައީވާދީ، ހުސެއިން ރަޝީދުއެވެ.

ހުސެއިން ޝަހީދު ކިޔަވާވިދާޅުވެފައިވަނި ހިތަދޫ ގައި ކުރިން ހިންގި އިސްލާމިއްޔާ ސްކޫލުންނާއި، މާލެ ކުއްލިޔާ އަދި މިސްރުންނެވެ.