Last Updated: July 25, 09:39
Saturday, July 25, 2026
މުނިފޫހިފިލުވުން

ކައިލީގެ އާ އަލްބަމަކީ "ޓެންޝަން"

އޮސްޓްރޭލިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކައިލީ މިނޯގް "ޓެންޝަން" ގެ ނަމުގައި އާ އަކްބަމެއް ނެރެން ތައްޔާރުވެއްޖެ އެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 22 ނެރެން ހަމަޖެހިފައިވާ މި އަލްބަމްގައި 11 ލަވަ ހިމެނޭނެ އެވެ. އޭގެ ޓްރެކް ލިސްޓް ވެސް އޮތީ އާންމުކޮށްފަ އެވެ. "ޓެންޝަން" ގެ ޑިލަކްސް އެޑިޝަންގައި 14 ޓްރެކް ހިމެނޭނެ އެވެ. މި އަލްބަކީ ކައިލީގެ 16 ވަނަ އަލްބަމެވެ. ބީއެމްޖީ ރައިޓްސް މެނޭޖްމަންޓާއި ކައިލީގެ އަމިއްލަ ކުންފުނި، ޑެރެންނޯޓްގެގެ ދަށުން ނެރޭ އަލްބަމް މިހާރުި އޮތީ ޕްރީ-އޯޑަރަށް ވެސް ހުޅުވާލައިފަ އެވެ.

އޮސްޓްރޭލިއާގެ އެންމެ މަޝްހޫރު އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ކައިލީ، 55، އެންމެ ފަހުން ނެރުނު އަލްބަމަކީ 2020 ގެ "ޑިސްކޯ" އެވެ. އޭނަގެ އެންމެ ފުރަތަމަ އަލްބަމަކީ 1988 ގެ "ކައިލީ" އެވެ.

ކައިލީ ފިލްމުތަކުގައި އެކްޓް ވެސްކޮށްފައިވެ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ 2001 ގެ "މޫލިން ރޫޖް" އެވެ.