ތިރީސް ގްރާމްގެ ހެރޮއިން ޓްރެފިކްކުރި އަންހެނެއްގެ މައްޗަށް ސިންގަޕޫރުން މިއަދު މަރުގެ ހުކުމް ތަންފީޒުކޮށްފި އެވެ.
މަރުގެ ހުކުމް ތަންފީޒުކުރި ސިންގަޕޫރްގެ ރައްޔިތެއް ކަމަށްވާ ސަރިދޭވީ ޖަމާނީ، 45، އަކީ 2018 ގައި ހެރޮއިން ޓްރެފިކްކުރި މައްސަލައެއްގައި ދައުވާކޮށް، އެ އަހަރުގެ ޖުލައި 6 ގައި މަރުގެ ހުކުމް އިއްވި މީހެކެވެ. އޭނަ އަށް މިއަދު މަރުގެ ހުކުމް ތަންފީޒު ކުރި އިރު، މިއީ ފާއިތުވި 20 އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ސިންގަޕޫރްގައި އަންހެނަކަށް މަރުގެ ހުކުމް އިއްވި ފުރަތަމަ ފަހަރެވެ.
އެ ގައުމުން އެންމެ ފަހުން މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކަށް މަރުގެ ހުކުމް އިއްވީ 2004 ވަނަ އަހަރު އެވެ.
ސަރިވޭދީ އަށް މިއަދު މަރުގެ ހުކުމް އިއްވި އިރު، މިއީ މި ހަފުތާގައި ސިންގަޕޫރްގައި ތަންފީޒުކުރި ދެވަނަ މަރެވެ. މިދިޔަ ބުދަ ދުވަހު މަރުގެ ތަންޒީކޮށްފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި މަރުގެ ހުކުމް އިއްވާފައިވާ މުހައްމަދު އަޒީޒު ބިން ހުސައިން ކިޔާ މީހަކަށެވެ.