Last Updated: June 28, 13:55
Sunday, June 28, 2026
ޚަބަރު

އަސްލަމް ޑިވެލޮޕްމަންޓް ބޭންކެއް ހެދުމަށް ހުށަހަޅައިފި

ދިވެހި ރާއްޖެއަށް ޑިވެލޮޕްމަންޓެ ބޭންކެއް ގެނައުމަށް ބަޖެޓް ރެކޮމަންޑެޝަނަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހަޅުއްވައިފިއެވެ.

އެމްޑީޕީއަށް ނިސްބަތްވާ އަސްލަމް ހުށަހެޅުއްވި އިސްލާހް ވަނީ 10 މެމްބަރުންގެ ވޯޓާއި އެކު ފާސްވެފައެވެ.

ޑިވެލޮޕްމެންޓް ބޭންކެއް ގެނައުމަށް ހުށަހެޅި އިރު މާލިއްޔަތު ކޮމެޓީގައިވެސް ދަނީ އެފަދަ ބޭންކެއް ގެނައުމާއި ގުޅޭ ގޮތުން މަޝްވަރާ ފަށާފައެވެ.

ހިތަދޫ އުތުރު ދާއިރާއަށް ނިސްބަތްވެވަޑައިގަންނަވާ އަސްލަމް އަކީ މަޖިލިސްގެ އިގްތިސާދީ ކޮމެޓީގެ މެމްބަރެކެވެ.