Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ރާއްޖޭގެ އެންމެ ދެކުނަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ

ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.

ގއ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ހެނދުނު 8:45 އިން ފެށިގެން މެންދުރު ފަހު 2:45 އާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މި ދުވަސްކޮޅަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްކޮޅެކެވެ.