Last Updated: June 28, 13:55
Sunday, June 28, 2026
ޚަބަރު

ފެނަކައިގެ ފުރަތަމަ ސޭލްސް ސެންޓަރު އައްޑޫގައި ހުޅުވައިފި

ފެނަކަ ހިތަދޫ ސޭލްސް ސެންތަރު ހުޅުވުމުގެ ތެރެއިން؛ ފޮޓޯ: ކިއުންތެރިއެއް

ފެނަކަ ކޯޕަރޭޝަންގެ ފުރަތަމަ ސޭލްސް ސެންޓަރު ރޭ ހިތަދޫގައި ހުޅުވައިފިއެވެ.

ކަރަންޓްލުމަށް ބޭނުންވާ ހުރިހާ ސާމާނެއް އިންސްޓޯލްމަންޓަށް ދޫކުރެވޭ ގޮތަށް ހުޅުވި މި ސެންޓަރު ހުޅުވައިދެއްވީ އެންވައިރަމެންޓް މިނިސްޓަރ ޠޯރިޤް އިބްރާހިމްއެވެ.

ރޭގެ ރަސްމިއްޔާތުގައި އެންވައިރަމެންޓް މިނިސްޓަރ ޠޯރިގް އިބްރާހިމް ވިދާޅުވީ އައްޑޫއަށް ބޭނުންވާ ހަކަތައިގެ ތެރެއިން 1.5 މެގަވޯޓް ކަރަންޓް އިޔާދަކުރުވަނިވި ހަކަތައަށް ބަދަލު ކުރުމުގެ މަޝްރޫއެއް އަންނަ ޖެނުއަރީގައި ފަށާނެކަމަށެވެ. އޭގެ ސަބަބުން ހިދްމަތް ހޯދާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލް ވިދާޅުވީ ކަރަންޓް ލުމަށް ކުރަންޖެހޭ ހަރަދު ކުޑަކުރުމުގެ ގޮތުން އެކަމަށް ދަތިތަކާއި ކުރިމަތިވާ ފަރާތްތަކަށް އިންސްޓޯލްމަންޓަށް ސާމާން ލިބޭނެ އިންތިޒާމް މި ސެންޓަރުން ފަހިވެގެން ދާނެކަމަށެވެ.

ނިމާލް ވިދާޅުވީ، މީ މިފަދަ ގޮތަކަށް ފެނަކަ އިން ފުރަތަމަ ފިހާރަކަމަށާއި މާ ލަސްތަކެއް ނުވެ މީގެ ދެވަނަ ފިހާރައެއް ހދ. ކުޅުދުއްފުށީގައި ހުޅުވުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.