Last Updated: May 20, 06:07
Monday, May 20, 2024
ދުނިޔެ

އޭއައި ކުރިއަރުވަން ކުންފުނިތަކެއް ގުޅިއްޖެ

ރައްކާތެރިކަމާ އެކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށް އެ ދާއިރާ ކުރިއަރުވަން ބޮޑެތި ޓެކް ކުންފުނިތަކެއް ގުޅިގެން މަސައްކަތް ކުރަން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

"ފްރޮންޓިއާ މޮޑެލް ފޯރަމް" ގެ ނަމުގައި އެކުލަވާލި މި ގްރޫޕްގައި ހިމެނެނީ މައިކްރޮސޮފްޓާއި ގޫގުލް އާއި އޯޕަންއޭއައިގެ އިތުރުން އެންތުރޮޕިކެވެ. އޯޕަންއޭއައި އަކީ ދާދި ފަހުން ބޮޑު ބަހުސަކަށްވެގެން ދިޔަ ޗެޓްޖީޕީޓީ އުފެއްދި ކުންފުންޏެވެ. އެއާ އެކީ ދުނިޔޭގެ ވަރަށް ގިނަ ގައުމިތުކުން މި ފަހަކަށް އައިސް އަންނަނީ އޭއައިއާ މެދު ކަންބޮޑުވުން ފާޅުކޮށް، އެ ރެގިއުލޭޓްކުރެވޭ ގޮތްތަކެއް ހޯދަން މިހާރު މުޅި ދުނިޔެ އަށް ވެސް މަޖުބޫރު ކަމަށް ބުނަމުންނެވެ.

އޭއައިއޭ ހާއްސަކޮށްގެން އެކުލަވައި "ފްރޮންޓިއާ މޮޑެލް ފޯރަމް" ގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ގާނޫނީ ދާއިރާގެ މީހުންނާއި ރިސާޗަރުންނާ ވެސް ގުޅިގެންނެވެ. އެގޮތުން މީގެ އެންމެ ބޮޑު އަމާޒަކަށް ވާނީ އޭއައިގެ ދާއިރާ އިން ހޯދަމުން އަންނަ ކުރިއެރުންތަމާ އެކީ އެ ޓެކްނޮލޮޖީގެ ރައްކާތެރިކަން ކަށަވަރުކޮށް ދޭން މަސައްކަތް ކުރުމެވެ.

"ފްރޮންޓިއާ މޮޑެލް ފޯރަމް" އިން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި އެކި ފެންވަރުގައި އޭއައި އަށް ހޭލުންތެރިކަން އުފެއްދުން ވެސް ހިނެނެ އެވެ. އެގޮތުން ސިޔާސަތުތައް އެކުލަވައިލާ ފަރާތްތަކާއި ސިވިލް ސޮސައިޓީ އަށް މިހާ ބެހޭ ގޮތުން ވަރަށް ފުޅާކޮށް މައުލޫމާތު ފޯރުކޮށް ދިނުން ހިމެނެ އެވެ.

އެމެރިކާ އާއި ޔޫރަޕިއަން ޔުނިއަން (އީޔޫ) ފަދަ ކުރއަރާފައިވާ ސަރަހައްދުތަކުން މިހާރު އަންނަނީ އޭއައިއާ ގުޅުން ހުރި ކަންކަން ވަރަށް ގާތުން ބަލައި މި ރެގިއުލޭޓްކުރުމާ ގުޅޭ އުސޫލުތަކެއް އެކުލަވާލަން މަސައްކަތްކުރަމުންނެވެ.