Last Updated: June 20, 10:36
Saturday, June 20, 2026
ޚަބަރު

ރައީސްގެ ފުވައްމުލައް ދަތުރު ފަސްކޮށްފި

ކެމްޕޭނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ފުވައްމުލަކަށް ފައްޓަވަން އޮތް ދަތުރު ފަސްކޮށްކޮށްފި އެވެ.

އެކަން ރައީސްގެ ޓީމުން ކަށަވަރުކޮށްދީ ބުނީ މާދަމާ އަށް ދަތުރު ފަސްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް ނުދެ އެވެ.

އެކަމަކު އެނގިފައިވާ ގޮތުގައި ރައީސްގެ ދަތުރު ފަސްކުރެއްވި މައިގަނޑު ސަބަބަކީ މޫސުން ގޯސްވުމެވެ. ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިފާރާ އިން މެންދުރު ފަހު 2:45 އާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ.

ރައީސް ފުވައްމުލަކަށް ވަޑައިގަންނަވާ ގޮތަށް ކުރިން ރޭވިފައި އޮތީ މެންދުރު އެވެ.