ކޯލިޝަނަށް ޤާނޫނީ ބާރު ލިބިދިނުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފަހަރު ރިޔާސީ އިންތިޚާބު ބޭއްވުމުގެ ކުރިން ކޯލިޝަނަށް ޤާނޫނީ ބާރު ލިބިދިނުން މުހިންމު ކަމަށެވެ. އަދި ކޯލިޝަން ރޫޅިއްޖެ ހާލަތެއްގަ ސަރުކާރު ބަދަލު ވާނެ ގޮތް ކަނޑައެޅުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
މިފަހަރު ރިޔާސީ އިންތިޚާބު ބޭއްވުމުގެ ކުރިން ކޯލިޝަން އަކަށް ޤާނޫނީ ބާރު ލިބިދީ އަދި ކޯލިޝަން ރޫޅިއްޖެ ހާލަތެއްގަ ސަރުކާރު ބަދަލު ވާނެ ގޮތް ކަނޑައެޅުމަކީ ކޮންމެހެން މުހިއްމު ކަމެއް.
— Amr 🎈 (@HusenAmr) July 28, 2023
އަމްރު މިފަދައިން ވިދާޅުވެފައިވާއިރު، މިއަހަރުގެ ރިޔާސީ އިންތިހާބަށް ހުރިހާ ޕާޓީއަކުންވެސް އަންނަނީ ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކުރަމުންނެވެ.
އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އަދާލަތު ޕާޓީ އަދި އެމްޑީއޭއާއެކު ކޯލިޝަން ހަދާފައެވެ. އަދި ޖުމްހޫރީ ޕާޓީ، ޑިމޮކްރެޓްސް، އެމްއެންޕީން ވަނީ އެއް ކެންޑިޑޭޓެއް އިންތިހާބަށް ނެރުމާ ގުޅޭގޮތުންވެސް މަޝްވަރާ ކޮށްފައެވެ. އަދި ޖޭޕީން ވަނީ އިންތިހާބަށް އެކުގައި މަސައްކަތް ކުރުމަށް އެމްއާރްއެމްއާއެކުވެސް މަޝްވަރާ ކޮށްފައެވެ.