Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

މިނިވަން އުފާ ކާނިވާ ހުޅުވުން މިރޭ

މިނިވަން އުފާ ކާނިވަލަށް ތައްޔާރުވެފައި / ފޮޓޯ: އާބަންކޯ

މިނިވަން އުފާ ކާނިވާ ހުޅުވުން މިރޭ އޮންނާނެ ކަމަށް ހޯމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ހޯމް މިނިސްޓްރީން ބުނެފައިވަނީ މިނިވަން އުފާ ކާނިވާ ހުޅުވުން މިރޭ 08:00 ގައި އޮންނާނެ ކަމަށެވެ. މި ކާނިވާ އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާރކްގައެވެ.

ހޯމް މިނިސްޓްރީން ބުނެފައިވަނީ ފުޅަނދުތައް ދައްކާލުން މިއަދު ހަވީރު 4:30 އިން 6:00 އަށް ސެންޓްރަލް ޕާރކްގައި ކުރިއަށްދާނެކަމަށެވެ.

މިނިވަން އުފާ ކާނިވާ ފަސްކޮށްފައިވަނީ މިހާރު ފެތުރެމުންދާ ރޯގާއާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތިންނެވެ.

އެޗްޕީއޭއިން މިއަދު ބުނެފައިވަނީ މާލެ ސަރަހައްދުގައި މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމަކީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަށެވެ. މިއީ ހަލުވިކަމާއެކު ފެތުރޭ ވައިރަސްއެއް ކަމަށާއި، ޚާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން ފެތުރޭ ކަމަށް ފާހަގަކުރެވޭ ކަމަށެވެ.