މިނިވަން ދުވަހާ ގުޅިގެން މިރޭ ހަވާ އެރުވުމަށް ހަމަޖައްސައިފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ މިނިވަން ދުވަހާއި ގުޅިގެން މިރޭ 21:30 ހާއިރު ހުޅުމާލެ ސެންޓްރަލް ޕާކްގައި ހަވާ އެރުވުން އޮންނާނެ ކަމަށެވެ.
މި ހަރަކާތް ކުރިއަށް ދާނީ ގާތްގަނޑަކަށް 8 މިނެޓެއްހާއިރަށް ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކްގައި މިރޭ ހަވާ އަރުވާއިރު، މިނިވަން އުފާ ކާނިވާ ހުޅުވުންވެސް މިރޭ އޮންނާނެއެވެ. މިނިވަން އުފާ ކާނިވާ ހުޅުވުން މިރޭ 08:00 ގައި އޮންނައިރު މި ކާނިވާ އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާރކްގައެވެ.
ހޯމް މިނިސްޓްރީން ބުނެފައިވަނީ ފުޅަނދުތައް ދައްކާލުން މިއަދު ހަވީރު 4:30 އިން 6:00 އަށް ސެންޓްރަލް ޕާރކްގައި ކުރިއަށްދާނެކަމަށެވެ.