ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން ހަރަކާތްތައް ހިޔާ ފްލެޓް ހިމެނޭ ސަރަހައްދުގައި ފަށައިފިއެވެ.
ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން ހިޔާ ފްލެޓް ސަރަހައްދުގައި ރައީސް ޔާމީންގެ ކެމްޕޭން ހަރަކާތް ފަށާފައިވާއިރު، ހިޔާ ފްލެޓްތަކަށް ދޮރުން ދޮރަށް ހިނގައި ކެމްޕޭން އަންނަނީ ކުރިއަށް ގެންދަމުންނެވެ.
އެގޮތުން އިދިކޮޅު ލީޑާޝިޕްގެ އިސް ބޭފުޅުންވެސް ހިމެނޭހެން އަންނަނީ ފްލެޓްތަކަށް ޒިޔާރާތްކޮށް، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރަމުންނެވެ.
Raees Yameen 2023 campaign | HIYAA D2D #FreePresidentYameen #RY2023 #DhiveheengeRaajje pic.twitter.com/7HvLWNX6fg
— Progressive Party of Maldives (@ProgressPartyMV) July 29, 2023
ރައީސް ޔާމީން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވިނަމަވެސް އިދިކޮޅުން އަންނަނީ އެމަނިކުފާނުގެ ކެމްޕޭން ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން އެކި ރަށްރަށުގައި ކެމްޕޭން ޖަލްސާތައް ބާއްވަމުންގެންދާއިރު، މާލެ ސަރަހައްދުގައި ހިނަގާލުންތަކާއި، ކަންމަތީ ޖަލްސާތައް އަދި ދޮރުން ދޮރަށް ހަރަކާތްވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ.
އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް އިދިކޮޅުން ބުނަމުން ގެންދާއިރު، އެމަނިކުފާނުގެ ޖަލު ހުުކުމެއް އޮތުމުން އިންތިހާބުގައި ވާދަކުރެވިދާނެކަމާމެދު ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަވަމުންނެވެ.