"ދަ ޑިމޮކްރެޓްސް"ގެ ރިޔާސީ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު މާލޭގައި ދޮރުން ދޮރަށް ހަރަކާތް ފައްޓަވައިފިއެވެ.
އިލްޔާސް މާލޭގައި ރަސްމީކޮށް ދޮރުން ދޮރަށް ހަރަކާތް ފައްޓަވާފައިވާއިރު، އިއްޔެ ބޭއްވި ޑިމޮކްރެޓްސްގެ ޕްރައިމަރީ އިލްޔާސް ވަނީ ކާމިޔާބު ކުރައްވާފައެވެ.
Door to door. Male’
Ilyas Labeeb 2023 pic.twitter.com/SWOGNvp6vw
— Luke (@lucasjalyl) July 29, 2023
އިއްޔަ ބޭއްވި ޑިމޮކްރެޓްސްގެ ޕްރައިމަރީގައި ޖުމްލަ 3،203 މީހުން ވޯޓު ލާފައިވާއިރު، އޭގެ ތެރެއިން އިލްޔާސަށް ރިޔާސީ ޓިކެޓު ދޭން ފެންނަ ކަމަށް 3،041 މީހުން ވޯޓު ދީފައިވެއެވެ.
އިލްޔާސް މާލޭގައި ކެމްޕޭން ހަރަކާތްތައް ކުރިއަސް ގެންދަވާއިރު، ޑިމޮކްރެޓްސްގެ ފަރާތުން ކެމްޕޭން ހަރަކާތްތައް އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދަވަމުންނެވެ.
މީގެއިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އިލްޔާސް ލަބީބް ކެމްޕޭނަށް މިއަދު އައްޑޫއަށް ވަޑައިގަންނަވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.