ދަ ޑިމޮކްރެޓްސް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާއިއެކު، ރައީސް މުހައްމަދު ނަޝީދު އައްޑޫސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި ދެބޭފުޅުންނާއި ޕާޓީގެ ބައެއް އިސްފަރާތްތައް އައްޑޫއަށް ވަޑައިގަންނަވާ ގޮތަށް އޮތީ މިއަދު ހަވީރު 6:00 ޖަހައި އެހައިކަށްހާއިރުއެވެ. މި ދަތުރުފުޅުގައި އައްޑޫގެ އަވަށްތަކުގެ ރައްޔިތުންނާއި ޑިމޮކްރެޓްސް ޕާޓީއަށް ތައީދު ކުރައްވާ ފަރާތްތަކާއި މެންބަރުންނާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ ބައްދަލުވުން މިރޭ ފޭދޫގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ނަޝީދާއި ދަ ޑިމޮކްރެޓްސް ގެ ރިޔާސީ ކެނޑިޑޭޓު @ilyas_labeeb އައްޑޫސިޓީ އަށް ފުރާވަޑައިގަތުން. #Live #WeTheDemocrats#WhyTheDemocrats pic.twitter.com/1aXA8e8KLN
— Sim (@Simwarr) July 29, 2023
އިލްޔާސް އަދި ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި، ފޭދޫގެ އިތުރުން މަރަދޫ-ފޭދޫ އަދި ހިތަދޫގައިވެސް ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހުޅުމީދޫއަށް ވަޑައިގެން ހުޅުމީދޫގެ ރައްޔިތުންނާއިވެސް އެ ދެބޭފުޅުން ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ޑިމޮކްރެޓްސް ޕާޓީން ވަނީ މައުލޫމާތު ދެއްވާފައެވެ. އައްޑޫއަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލައްވާނީ ހޯމަ ދުވަހުގެ ހަވީރު ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
ދަ ޑިމޮކްރެޓްސް ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހަމައެކަނި ކުރިމަތިލެއްވީ އައްޑޫސިޓީއަށް ނިސްބަތްވެވަޑައިގަންނަވާ ހުޅުދޫ ދައިރާގެ މެންބަރު އިލްޔާސް ލަބީބުއެވެ. ރައީސް ނަޝީދުގެ ތަޢީދާއެކު އިލްޔާސީ ރިއާސީ އިންތިހާބުގައި ވާދަކުރައްވާއިރު، އިލްޔާސް ޕާޓީ ޕްރައިމަރީ ކާމިޔާބު ކުރީ 3041 ވޯޓާއެކު ފެންނަ ނުފެންނަ ވޯޓަކުންނެވެ. މުޅި ރާއްޖޭގައި އީއްޔެ ކުރިއަށް ގެންދިޔަ ދަ ޑިމޮކްރެޓުންގެ ރިޔާސީ ޕްރައިމަރީގައި 3،208 މީހުން ވޯޓުލާފައިވެ އެވެ. އިލްޔާސް އަށް ޓިކެޓް ދޭން ނުފެންނަ ކަމަށް 153 މީހަކު ވޯޓު ދީފައިވާއިރު ނުވަ ވޯޓް ވަނީ ބާތިލްވެފަ އެވެ.
އައްޑޫއަށް މިއަދު ވަޑައިގަންނަވާއިރު، އިލްޔާސް ވަނީ މިއަދު މާލޭގައި ޑޯޓުޑޯ ކެމްޕެއިންވެސް ޖައްސާފައެވެ.