Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

3،000 ވޯޓުން އިންތިހާބު ކާމިޔާބު ކުރެވޭތަ؟

ޕްރައިމަރީްއެއްގައި 3،000 ވޯޓް ލިބުނު މީހަކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ބުނުމަކީ ވަރަށް ހެއްވާ ވާހަކައެއް ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އަލަށް އުފެއްދެވި ޕާޓީ، ދަ ޑިމިކްރެކްޓްސްގެ ޕްރައިމަރީ އަށް ކުރިމަތިބި ހަމައެކަނި ކެންޑިޑޭޓް ކަމަށްވާ ހުޅުދޫ ދާއިރާހެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބަށް ތާއީދު އޮތްވަރު އޮތް ބެލުމަށް އިއްޔެ ނެގި ވޯޓަށް އިޝާރާތް ކުރައްވަ އެވެ.

އެ އެވޯޓްގައި ޖުމްލަ 3،203 މީހުން ވޯޓްލި އިރު، އިލްޔާސަށް ރިޔާސީ ޓިކެޓު ދޭން ފެންނަ ކަމަށް ވޯޓް ދިނީ 3،041 މީހުންނެވެ. ނުފެންނަ ކަމަށް 153 ވޯޓް ދިން އިރު، ބާތިލުވީ ނުވަ ވޯޓެވެ.

ޕްރައިމަރީގެ އެ ނަތީޖާއާ އެކީ އިލްޔާސް އަށް ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓް ކަށަވަރުވުމާ ގުޅިގެން ނަޝީދު ވަނީ ރިޔާސީ އިންތިހާބު އިލްޔާސް ކާމިޔާބު ވެސް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.