Last Updated: July 25, 06:01
Saturday, July 25, 2026
މުނިފޫހިފިލުވުން

ސުޝްމިތާގެ "ތާލީ" އަންނަ މަހު

ބަތަލާ ސުޝްމިތާ ސެންގެ އާ ވެބް ސީރީޒް "ތާލީ" ގެ ޓީޒާއެއް ދައްކާލައި އަންނަ މަހުގެ 15 ގައި އެ ޕްރީމިއާކުރަން ނިންމާފައިވާކަން މިއަދު އިއުލާންކޮށްފި އެވެ.

ކުރީގެ މިސް ޔުނިވާސް ޓްރާންސްޖެންޑާ އެކްޓިވިސްޓެއް ކަމަށްވާ ޝްރީގޯރީ ސާވަންތުގެ ރޯލު ކުޅެފައިވާ މި ސީރީސް ގެނެސްދޭން ހަމަޖެހިފައި ވަނީ ޖިއޯ ސިނެމާ ޕްލެޓްފޯމުންނެވެ. "ތާލީ" ޑައިރެކްޓްކޮށްފައި ވަނީ ރަވީ ޖާދަވު އެވެ.

ސުޝްމިތާގެ މަސައްކަތަކަށް އެންމެ ފަހުން ވެސް ބެލުންތެރިންނފާ ހަމައަށް އައީ ވެބް ސީރީޒެކެވެ. އެއީ މިހާރު ތިން ވަނަ ސީޒަނެއްގެ މަސައްކަތް ކުރިއަށްދާ ޑިޒްނީ ޕްލަސް ހޮޓްސްޓާގެ "އާރިއާ" އެވެ. މީގެ ފުރަތަމަ ސީޒަން 2020 ގައި ގެނެސް ދިނުަމަށް ފަހު ދެވަނަ ސީޒަން ގެނެސްދިނީ 2021 ގަ އެވެ.

ސުޝްމިތާ، 47، ކުޅުނު ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "މޭ ހޫ ނާ"، "ބީވީ ނަމްބަރު 1"، "ސިރުފު ތުމް" އަދި "ފިލްހާލް" ހިމެނެ އެވެ.