Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ރައްޔިތުންގެ ލޯލާރިއެއްގައި ވެސް ނުޖެހޭނަން

ރައްޔިތުންގެ އެންމެ ލޯލާރިއެއްގައި ވެސް ނުޖެހޭ ކަމަށާއި ބޭނުން ވަނީ ސީދާ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ރައްޔިތުންނަށް ވެރިކަން ކޮށްދެއްވަން ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކީ އައްޑު އަށް ވަޑައިގެން މިހާރު ކުރިއަށް ގެންދަވާ ކެމްޕޭންގެ ތެރެއިން ކުރިއަށްދާ ބައްދަވުމުގެއްގެ ތެރޭގައި އިލްޔާސް ވިދާޅުވީ އޭނަ ވެރިކަމަށް ވަޑައިގެން ހުންނަވާނީ ސައުވީސް ގަޑިއިރު ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ކަމަށެވެ.

"ރައްޔިތުންގެ ލޯލާރިއެއް ވެސް އަޅުގަނޑު ނުޖެހޭނަން. އަޅުގަނޑު ހުންނާނީ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި." ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު ވިދާޅުވި އެވެ. "ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީން ކަމަކީ ރައްޔިތުން އެދޭ ކަހަލަ ވެރިކަމެއް ކޮށްދޭނެކަން ރައްޔިތުންނާ ގާތުން."

އިލްޔާސްގެ ވާހަތަކާ ގުޅުވައި ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބު އިލްޔާސް ކާމިޔާބު ކުރައްވާނެ ކަމަށެވެ.