Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

ޖޭޕީ ހުޅުމާލެ ދެކުނު ކެމްޕޭން އޮފީސް ހުޅުވައިފި

ޖުމްހޫރީ ޕާޓީގެ ހުޅުމާލެ ދެކުނު ކެމްޕޭން އޮފީސް ހުޅުވައިފިއެވެ.

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްގެ ކެމްޕޭން އޮފީސް ހުޅުމާލޭގައި ރޭ ހުޅުވައިދެއްވީ ދެކުނުގެ ކެމްޕެއިން މެނޭޖަރު އިލްހާމް އަހުމަދުއެވެ. މި ކެމްޕޭން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޖޭޕީގެ އެސްޖީ އަލީ އާރިފް އަދި ބައެއް އާންމު މެންބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ކެމްޕޭން އޮފީސް ހުޅުވާފައިވަނީ ހުޅުމާލެ ފޭސް2 ސްޓެލްކޯ ފްލެޓްގައެވެ.

ރިޔާސީ އިންތިހާބަށް ގާސިމްގެ ކެމްޕޭން ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާއިރު، މާލެ ސަރަހައްދުގައި އަންނަނޯ ދޮރުން ދޮރަށް ހަރަކާތްވެސް ކުރިއަށްގެންދަމުންނެވެ. އަދި އެކި ސިޔާސީ ޕާޓީތަކާއެކު އިންތިހާބާ ގުޅޭގޮތުން އެކި މަޝްވަރާތައްވެސް ޤާސިމް އަންނަނީ ކުރިއަށް ގެންދަވަމުންނެވެ.