މިދިޔަ މަހު 44 މީހުން ޖަލަށް ގެންގޮސްފައިވާއިރު، 44 މީހުން ޖަލުން ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަން ސާވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ކަރެކްޝަނަލް ސާވިސެސްއިން އިން ކޮންމެ މަހަކު އާންމު ކުރާ ރާއްޖޭގެ ޖަލުތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ ޖޫން މަހު 37 މީހަކު ހުކުމްކޮށްގެން ޖަލަށް ގެންދެވުނެވެ. މީގެ އިތުރުން 7 މީހެއް، ޝަރީޢަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.
އެންމެ ގިނަ މީހުން ޖަލަށް ގެންގޮސްފައިވަނީ މަސްތުވާތަކެތީގެ މައްސަލައިގައެވެ. އެގޮތުން 48.6 އިންސައްތަ މީހުން މަސްތުވާތަކެތީގެ މައްސަލަ ތަކުގައި ގެންދިޔައިރު، މީހެއްގެ މުދަލަކަށް އަރައިގެން 21.6 އިންސައްތަ މީހުން ވަނީ ޖަލަށް ގެެންގޮސްފައެވެ. މީގެ އިތުރުން 8.1 އިންސައްތަ މީހުން ގެންދިޔައީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައެވެ.
Monthly statistics of June 2023 pic.twitter.com/7gD2LVmlSd
— Maldives Correctional Service (@CorrectionsMv) July 30, 2023
ޖަލުން ދޫކޮށްފައިވާ މީހުންގެ ތެރެއިން 8 މީހަކުގެ މަޢާފު ދީގެން ދޫކޮށްފައިވާއިރު، 18 މީހުން ދޫކޮށްފައިވަނީ ހުކުމް ތަންފީޒު ކުރުމުންނެވެ. އަދި 12 މީހުން އިތުރަށް ބަނދުގައި ބެހެއްޓުމަށް ކޯޓު އަމުރު ނުލިބުމުން ވަނީ ދޫކޮށްލާފައެވެ. މީގެ އިތުރުން ވެސް ޕެރޯލްގެ ދަށުން 6 މީހަކު އަދި އެންޑީއޭއާއި 3 މީހުން ވަނީ ހަވާލުކޮށްފައެވެ.
ކަރެކްޝަންސްގެ މުވައްޒަފުން މިދިޔަ މަހު ޖައުތައް ފާސް ކުރުމުގެ ތެރެއިން 18 ފޯނެއް ވަނީ އަތުލައިގެންފައެވެ. މީގެ އިތުރުން 15 ސިމް ކާޑު 05 ހެޑްސެޓް އަދި 08 ޗާޖަރު ހޯދިއެވެ. އަދި އިތުރަށްވެސް ގެންގުޅުން މަނާ 21 އެއްޗެއް ވަނީ ހޯދާފައެވެ.
ކަރެކްޝަނަލް ސާވިސްއިން ހާމަކުރި ގޮތުގައި މިދިޔަ ޖޫން މަހު މާފުށީ ޖަލުން 759 ފޯނުގެ ކުރުމުގެ ފުރުސަތު ދިން އިރު، 117 ވީޑިއޯ ކޯލު ފުރުސަތު ވަނީ ދީފައެވެ. މީގެއިން ގިނަ ފޯނު ކޯލުތަކަކީ އާއިލާއަށް ގުޅުމަށް ދީފައިވާ ފުރުސަތުތަކެވެ.