ހއ. ބާރަށުގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުން މި ހަފްތާގައި ފަށާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ، ހއ. ބާރަށު ބަނދަރު މަސައްކަތުގެ 70 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ނެރު ފުންކުރުމުގެ މަސައްކަތާއި ބަނދަރު ސަރަޙައްދު ފުންކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
އެމްޓީސީސީން ބުނެފައިވަނީ ބާރަށުގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މި ހަފުތާ ތެރޭ ފެށިގެން ދާނެ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 49437.5 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 8600 ކިއުބިކް މީޓަރުގެ ބަނދަރު ސަރަޙައްދު ފުންކުރުމާއި، 460 މީޓަރުގެ ސަރަޙައްދުގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ހއ. ބާރަށް ނެރު އަދި ބަނދަރު ސަރަޙައްދު ފުންކުރުމުގެ މަޝްރޫއަކީ 14.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.