Last Updated: July 18, 17:34
Saturday, July 18, 2026
ދުނިޔެ

ކްރިސްޓީން ސީއެންއެން ދޫކޮށްލައިފި

ސީއެންއެންގައި މަސައްކަތްކުރާތާ 24 އަހަރު ފަހުން އޭގެ މަޝްހޫރު ނޫސްވެރިވާ ކްރިސްޓީން ރޯމަންސް އެތަމް ދޫކޮށްލަން ނިންމައިފި އެވެ.

އުމުރުން 52 އަހަރުގެ ތަޖުރިބާކާރު ނޫސްވެރިޔާ އަދި ޕްރެޒެންޓަރު ސީއެންއެން އިން ވަކިވާން ނިންމިކަން އިއުލާންކުރީ މިދިޔަ ހުކުރު ދުވަހު އެވެ. ކްރިސްޓީން ބުނީ ސީއެންއެންގައި ދިގު މުއްދަތަކަށް ކުރީ ހިތްގައިމު ތަޖުރިބާއެއް ކަމަށާއި އެއީ އާއިލާއެއް ފަދަ ތަނެއް ކަމަށާއި އެތަނުން އެތައް ރައްޓެހިންނެއް ވެސް ލިބިފައިވާ ކަމަށެވެ.

ކްރިސްޓީން ބުނީ ސީއެންއެންގައި އެހާ ގިނަ ދުވަހު މަސައްކަތް ކުރެވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ދެކޭ ކަމަށެވެ. އެކަމަކު މިހާރު ދެން އޮތީ އަނެއްކާ ވެސް އާ ދަތުރަކާ ކުރިމަތިލުން ކަމަށާއި އެކަމާ ވަރަށް އުފަލުން ހުރި ކަމަށް ބުންޏެވެ. ނަމަވެސް ސީއެންއެން ދޫކޮށްލައި ދެން ފެންނާނީ ކޮން ގޮތަކަށް ކަމެއް ކްރިސްޓީން ހިއްސާއެއްނުކުރެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ތިން ކުދިންގެ މިހާރު ގުޅެން ނިންމާފައި ވަނީ އެންބީސީ ނިއުސްއާ އެވެ. ސީއެންއެންގައި ކްރިސްޓީން އެންމެ ގިނަ ދުވަހު ހޯސްޓްކުރި ޕްރޮގްރާމަކީ 2012 އިން ފެށިގެން ގެނެސްދެމުން އަންނަ "އާލީ ސްޓާޓް" އެވެ.

ކްރިސްޓީން އަކީ އަޔޯވާ ޔުނިވަސިޓީގެ ޖާނަލިޒަމް އެންޑް މާސް ކޮމިއުނިކޭޝަން ގްރެޖްއޭޓެކެވެ.