Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

18 އަހަރުން ދަށުގެ އުފެއްދުންތެރި ކުދިން ހޯދަނީ

އޮތެންޓިކް މޯލްޑިވްސް ފިހާރައެއް ތެރެއިން / ފޮޓޯ: އޮތެންޓިކް މޯލްޑިވްސް

ރާއްޖޭގެ ދެކުނުން 18 އަހަރުން ދަށުގެ އުފެއްދުންތެރި ކުދިންގެ ހޯދުމަށް އޯތެންޓިކް މޯލްޑިވްސް އިން އިއުލާންކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ދަށުން ހިންގާ އޯތެންޓިކް މޯލްޑިވްސްއިން ހޯދަން އިއުލާންކޮށްފައިވަނީ ހުވަދު އަތޮޅާއި، ފުވައްމުލަކު ސިޓީ އަދި އައްޑޫސިޓީއަށް ނިސްބަތްވާ ކުދިންނެވެ. އެގޮތުން ލިޔާ ކުދިންނާއި، ކުރެހުންތެރިންނާއި، އެކި ބާވައްތަކުގެ އެކި އުފެއްދުންތައް އުފައްދާ ކުދިންނަށް އޮތެންޓިކް މޯލްޑިވްސް ޔަންގް އެންޓްރަޕްރިނާސް ޕްރޮގްރާމުގެ ދަށުން ވަނީ ފުރުސަތު ހުޅުވާލާފައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާ ކުދިންނަށް 5 ބާވަތެއްގެ އުފެއްދުން ބައިވެރި ކުރެވޭނެއެވެ. އެއީ ފޮތް، އާޓްވޯކް، ޖްވެލަރީ އަދި ފެޝަން އެކްސަސަރީސް، ހެދުން އަދި ހޯމް ޑެކޯގެ އުފެއްދުންތަކެވެ. ޕްރޮގްރާމުގައި ބައިވެރިވެވޭ އެންމެ ކުޑަ އުމުރަކީ 7 އަހަރެވެ. އަދި ޕްރޮގްރާމުގެ ބައިވެރިވެވޭނީ ބެލެނިވެރިޔާގެ އިޒްނައާއެކުވެ. އެގޮތުން ބައިވެރިވާ ފޯމުގައި ބެލެނިވެރިޔާގެ މައުލޫމާތުވެސް ހުށަހަޅަން ޖެހެއެވެ.

W ivit artists, artisas, athors, a crativs from th Sothr Rgio who ar r 18 to joi th Athtic Malivs Yog Etrprrs

Bcom A Rgistr Athtic Malivs Spplir pic.twittr.com/GPC6WqhTjh

&mash; AthticMalivs (@Athtic_MV) Jly 30, 2023
އޮތެންޓިދކް މޯލްޑިވްސްއިން މި ފުރުސަތު ހުޅޫވާލާފައެިވކާއިރު، އައްޑޫސިޓުީ ގަން އެއާޕޯޓުގައނުި އޮތެންޓިކް މޯލްޑިވްސް ފިހާރައެއް ހުޅުވުމަށް ވަނީ މިދިޔަ ޖުލައި މަހު އިއުލާންކޮށްފައެވެ.

އޮތެންޓިކް މޯލްޑިވްސްގައި ތަކެތި ވިއްކާ ވިޔަފާރިތަކަށް ބީސީސީއިން އަންނަނީ ފަހި ފުރުޞަތުތަކެއް ހޯދައިދެމުންނެވެ. އެގޮތުން ޖަޕާނުގެ 2 ސަރަޙައްދެއްގައި އެ އުފެއްދުންތައް ވިއްކުމުގެ ފުރުޞަތުވެސް ވަނީ ފަހިކޮށްދީފައެވެ. އަދި އޮތެންޓިކް މޯލްޑިވްސްގައި ތަކެތި ވިއްކާ ފަރާތްތަކަށް ވަނީ ދުބާއީގައި އުފެއްދުންތައް ވިއްކުމުގެ ފުރުޞަތުވެސް ލިބިގެންގޮސްފައެވެ.

އޮތެންޓިކް މޯލްޑިވްސްގެ އުފެއްދުންތަކަކީ މިއަދު ރާއްޖެ އަންނަ ފަތުރުވެރިންގެ އިތުރުން ދިވެހިންގެ މެދުގައިވެސް ޑިމާންޑް ބޮޑު އުފެއްދުންތަކެކެވެ. އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިންވެސް އޮތެންޓިކްގެ އުފެއްދުންތައް ގަންނައިރު އޮންލައިންކޮށްވެސް އޯޑަރ ކުރާކަމަށް ބީސީސީއިން ވިދާޅުވެއެވެ.