ބޮލީވުޑްގެ ކުރީގެ އެކްޓަރު ފަރުދީން ޚާނާއި އަންހެނުން ނަތާޝާ މަދުވާނީގެ ކައިވެނި 18 އަހަރު ފަހުން ރޫޅައިލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ ކައިވެންޏަށް ދެ ދަރިން ވެސް ލިބިފައި ވަނިކޮށް، އެ ދެ މީހުން ވަރިވާން ނިންމީ އެކީގައި މިހާރު އުޅެވެން ނެތުމުން އަމިއްލަ އެއްބަސްވެގެން ކަމަށެވެ. ކުރީގެ މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު ފީރޯޒް ޚާންގެ ދަރިފުޅު ފަރުދީނާއި ކުރީގެ މަޝްހޫރު ބަތަލާ މުމްތާޒްގެ ދަރިފުޅު ނަތާޝާ ކައިވެނިކުރީ 2005 ގަ އެވެ.
މީޑިއާތަކުން ބުނީ އެ މީހުން ވަރިވާން ނިންމު އިރު، ވަކިން އުޅޭތާ ވެސް މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށެވެ.
ކައިވެންޏަށް ފަހު ފިލްމީ މަސައްކަތްތަކާ ވަރަށް ބޮޑަށް ދުރުވެ، ފަރުދީން އަންހެނުންނާއި އެކީ އާންމުކޮށް ދިރިއުޅެމުން އައީ އިނގިރޜޭސިވިލާތުގަ އެވެ. އެކަމަކު 2021 ގައި އޭނަ އެނބުރި އިންޑިއާ ގޮސް އަލުން ބޮލީވުޑަށް ނުކުތުމުގެ މަސައްކަތް ފެށި އެވެ. އެގޮތުން އެ އަހަރު "ވިސްފޮޓް" ކިޔާ ފިޔާ ފިލްމެއްގެ މަސައްކަތް ފަރުދީން. 49، ނިންމާފައިވެ އެވެ
ރިޕޯޓްތައް ބުނާ ގޮތުން ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ނެޓްފްލިކްސްއާ ގުޅިގެން ހަދަމުން އަންނަ ވެބް ސީރީޒް "ހީރާމަންޑީ" ގެ ކާސްޓްގައި ވެސް ފަރުދީން ހިމެނެ އެވެ.
ފަރުދީން އެންމެ ފަހުން ކުޅުނީ 2010 ގެ "ދުލްހާ މިލްގަޔާ" އެވެ. އޭނަގެ ކެރިއަރުގައި ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ޕިޔާރު ތޫނޭ ކިޔާ ކިޔާ"، "ޖަންގަލް"، "ބޫތު"، "ނޯ އެންޓްރީ" އަދި "ހޭ ބޭބީ" ހިމެނެ އެވެ.