މިދިޔަ ހަފުތާގައި ޓްވިޓާ "އެކްސް" އަށް ރިބްރޭންޑްކުރި އިލޮން މަސްކް އަނެއްކާ ވެސް އާންމުން ތަޅުވާލައިފި އެވެ.
އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ވަރަށް އަވަހަށް ހާއްސަ ކަމެއް ވާން" އުޅޭ ކަމަށެވެ.
Something special coming soon
— Elon Musk (@elonmusk) July 29, 2023
މިއާ ގުޅުވައިގެން އެއީ ކޮން ކަމެއްތޯ ބައެއް މީހުން ސުވާލުކޮށް، ވާން އުޅެނީ ކިހިނެއްކަން ބައެެއް މީހުން ލަފާކޮށް، އީލޮން ޓްވީޓާ ގުޅުވައި ޓްވީޓް ވެސް ކޮށްފައިވެ އެވެ. އެގޮތުން ގިނަ ބަޔަކު ބުނެފައި ވަނީ ހާއްސަ ކަމަކަށް ވާން އުޅޭ ކަމަކީ "އެކްސް" އަށް ކްރިޕްޓޯ ކަރަންސީ ޕޭމަންޓް ގެންނަން އުޅެނީ ކަމަށެވެ.
Something special like….. Dogecoin ??? 😊 pic.twitter.com/PslFcEfoLb
— Doge Whisperer 🐕 (@TDogewhisperer) July 29, 2023
ކްރިޕްޓޯއެއް ކަމަށްވާ ޑޮޖްކޮއިން އަކީ އީލޮން ވަރަށް ޕްރޮމޯޓްކުރާ އެއްޗެކެވެ. އެގޮތުން މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ޑޮޖްކޮއިން ރަމްޒުކޮށްދޭ ޝިބާ އިނޫ ކޮއިންގައި އިންނަ ކުއްތާގެ މޫނު، ޓްވިޓާގެ ލޯގޯއަކަށް ގަޑިއިރުތަކަކަށް ހަދައިގެން އީލޮން އުޅުއްވި އެވެ.