Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

އިލްޔާސަކީ ނަޝީދު ގުރުބާންކުރާ ކަންބަޅިއެއް

އިލްޔާސް ލަބީބާ އެކީ ދަ ޑިމޮކްރެޓްސް އަށް ހޯދޭނެ ވެރިކަމެއް ނެތް ކަމަށާއި އޭނަ އަކީ މިހާރު ސިޔާސީ ގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ގުރުބާންކުރައްވާ ކަންބަޅިއެއްގެ ގޮތުގައި މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ސިފަކުރައްވައިފި އެވެ.

ނަޝީދާ އެކި އައްޑު އަށް އިއްޔެ އައްޑޫގެ އެކި އަވަށްތަކުގައި ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރުކަން ވެސް ކިރައްވާ އިލްޔާސް ކެމްޕޭން ކުރައްވާފައިވާތީ މަވޯޓާ ކިރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލްޔާސް އަކީ ސީރިޔަސް ކެނޑިޑޭޓެއް ނޫންކަން އައްޑޫ ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ. އަދި އޭނަ އަކީ ސިޔާސީ ގޮތުން ނަޝީދު އަނެއްކާ ވެސް ގުރުބާން ކުރައްވާ ކަންބަޅިއެއް ކަމަށް ވިދާޅުވި އެވެ.

"އިންތިހާބު ކާމިޔާބުވުމުގެ އެއްވެސް އުންމީދެއް އޮތް ނަމަ ދަ ޑިމޮކްރެޓްސް ޕާޓީގެ ކެނޑިޑޭޓަކަށް ވާނީ ނަޝީދު." މަވޯޓާ ވިދާޅުވި އެވެ.

އިލްޔާސަށް ޑިމޮކްރެޓްސްގެ ރީޔާސީ ޓިކެޓް ލިބިވަޑައިގަތީ ޕްރައިމަރީ އަށް ހުޅުވައިމުން އިތުރު މީހަކު ކުރިމަތިލާފައި ނުވާތީ އެވެ. އޭގެ ފަހުން ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ވެރިކަމަށް ދެން ގެންނަން ޖެހެނީ އިލްޔާސް ފަދަ ޒުވާން ބޭފުޅެއް ކަމަށާއި ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގޮސް، އެ ބުރުން އިލްޔާސް އިންތިހާބު ކާމިޔާބު ކުރައްވާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށެވެ.