އަދާލަތު ޕާޓީގެ ފުވައްމުލަކު ޖަހަގަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ހުޅުއްވައި ދެއްވައިފި އެވެ.
އެ މަނިކުފާނު އިއްޔެ އެ ސިޓީ އަށް ފެއްޓެވި ކެމްޕޭން ދަތުރުގެ ތެރެއިން އަދާލަތުގެ ޖަގަހަ ހުޅުއްވައި ދެއްވީ އެކަމަށްޓަކައި ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި އަދާލަތަށް ނިސްބަތްވާ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވެސް ބައިވެރިވެވަޑައިގެންނެވެ އެވެ.
އަދާލަތަކީ 2018 އިން ފެށިގެން އެމްޑީޕީގެ ކޯލިޝަން މެމްބަރެކެވެ. މި ފަހަރު އެ ޕާޓީއާ އެކީ ކޯލިޝަން ހެދި އަނެއް ޕާޓީ އަކީ އެމްޑީއޭ އެވެ. އަދާލަތުގެ ފުވައްމުލަކު ޖަހަގަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް އިއްޔެ ވަނީ އެމްޑީއޭގެ ފުވައްމުލަކު ޕޮލިޓިކަލް ސެންޓަރު ވެސް ހުޅުއްވައި ދެއްވައިފަ އެވެ.