Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ޖިންސީގޯނާގެ މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފި

މީގެ ހަތަރު ދުވަސް ކުރިން ގއ. ވިލިނގިލީގައި އަންހެނަކަށް ޖިންސީގޯނާ ކުރި މައްސަލާގައި ތިން މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކޮށްގެން ހުކުރު ދުވަހުގެ ރޭ ރިޕޯޓްކުރި މައްސަލައާ ގުޅިގެން ތިން މީހަކު ރޭ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން 20 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއްގެ އިތުރުން 30 އަހަރުގެ މީހެކެވެ.

އެނގިފައިވާ ގޮތުގައި މީގެ ތެރެއިން ދެ މީހުންނަކީ ވިލިނގިލީގެ ބައެކެވެ. އަދި އަނެއް މީހާ އަކީ ލ. އަތޮޅު މީހެކެވެ. އަދި ގޯނާ ލިބުނު އަންހެން މީހާ އަކީ ކޮލަމާފުށީ މީހެކެވެ.