Last Updated: July 25, 06:01
Saturday, July 25, 2026
މުނިފޫހިފިލުވުން

ސައްޔާމީގެ އެއް އަތް ނެތް

ޑައިރެކްޓަރު އާރް ބަލްކީގެ އާ ފިލްމު "ގޫމަރު" ގައި ބަތަލާ ސައްޔާމީ ކޭރް ފެންނާނީ އެއް އަތް ނެތް ކްރިކެޓް ކުޅުންތެރިންގެ ރޯލުންކަން ކަށަވަރުކޮށް ދީފި އެވެ.

އަންނަ މަހުގެ 18 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމުގެ ކާސްޓްގައި އަބީޝެކް ބައްޗަނާއި ޝަބާނާ އާޒްމީގެ އިތުރުން އަންގަދު ބޭދީ ވެސް ހިމެނެ އެވެ. "ގޫމަރު" ގައި އަބީޝެކް ފެންނާނ ސައްޔާމީގެ ކޯޗެއްގެ ގޮތުގަ އެވެ. އަދި މި ފިލްމަކީ 2009 ގެ "ޕާ" އަށް ފަހު އޭނަ ބަލްކީއާ އެކީ މަސައްކަތްކުރި ދެވަނަ ފިލްމެވެ.

"ޗީނީ ކުމް" އާއި "ކީ އެންޑް ކާ" ވެސް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ މިދިޔަ އަހަރު ސަނީ ޑިއޯލް އާއި ދަލްގޫރް ސަލްމާނާ އެކީ ގެނެސްދިން "ޗުޕް: ރިވެންޖް އޮފް ދި އާޓިސްޓް" އެވެ.

ސައްޔާމީ އަކީ އަނިލް ކަޕޫރްގެ ފިރިހެން ދަރިފުޅު ހާޝްވަރުދަން ކަޕޫރާ އެކީ 2016 ގެ "މިރުޒިޔާ" އިން އެކްޓިން އަށް ނުކުތް ބަތަލާއެކެވެ.