Last Updated: July 25, 06:01
Saturday, July 25, 2026
މުނިފޫހިފިލުވުން

"ޖަވާން" ގެ ފުރަތަމަ ލަވަ ވަރަށް ފޯރިގަދަ

ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ޖަވާން' ގެ ފުރަތަމަ ލަވަ މިއަދު ދައްކާލައިފި އެވެ.

ގިނަ އަދަދެއްގެ ބެކް ޑާންސަރުންނާ އެކީ ފޯރިގަދަ ނެށުންތަކެއް ވެސް ފެނިގެންދާ މި ލަވައިގެ ނަމަކީ "ޒިންދާ ބަންދާ" އެވެ. ލަވައިފެ މިއުޒިކް ހަދައި، ލަވަ ކިޔާފައި ވަނީ ދެކުނު އިންޑިއާގެ ފަންނާނެއް ކަމަށްވާ އަނިރުދު ޗަންދުރާ އެވެ.

އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "ޖަވާން" އަކީ މި އަހަރުގެ އެންމެ ގިނަ ބަޔަކު އިންތިޒާކުރާ އެއް ފިލްމެވެ. ތަމަޅަ ޑައިރެކްޓަރު އެޓްލީ ހަދާފައިވާ މި ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައި އޮތީ ސެޕްޓެމްބަރު 7 ގަ އެވެ. "ޖަވާން" އަކީ ބޮލީވުޑާއި ދެކުނު އިންޑިއާގެ ކާސްޓެއް އެކުލެވޭ ފިލްމެކެވެ.

ޝާހްރުކް ޑަބަލް ރޯލަކުން ފެންނާނެ ފިިލްމުގެ ބަތަލާ އަކީ ދެކުނުގެ މަޝްހޫރު ބަތަލާ ނަޔަންތަރާ އެވެ. "ޖަވާން" ގެ ކާސްޓްގައި ސާނިއާ މަލްއުތުރާ، ސުނިލް ގްރޯވާ، ވިޖޭ ސެތުޕަތީ، ޕްރިޔާމަނީ، ޔޯގީ ބާބޫ، ރިދިމާ ޑޮގްރާ އަދި އާސްތާ އަގަރްވާލް ހިމެނެ އެވެ. މީގެ އިތުރުން ފިލްމުގެ ހާއްސަ ފެނިލުންތަކުން ސަންޖޭ ދަތާއި ދީޕިކާ ޕަދްކޯންގެ އިތުރުން ތަމަޅަ އެކްޓަރު ވިޖޭ ވެސް ފެންނާނެ އެވެ.

"ޖަވާން" މި އަހަރު ރިލީޒްކުރާ ޝާހްރުކްގެ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ޖެނުއަރީގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "ޕަތާން" އެވެ.