Last Updated: July 18, 17:34
Saturday, July 18, 2026
ދުނިޔެ

މިއުޒިކް ކުޅޭ ސާމާނުތަކެއް އަންދާލައިފި

އަފްގާނިސްތާނުގައި މިއުޒިކް ކުޅޭ ގިނަ އަދަދެއްގެ ސާމާނުތަކެއް އަތުލައިގަނެ، އެތަކެތި އަންދާލައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޮނިހިރު ދުވަހު އަންދައިލި ގިނަ އަދަދެއްގެ ތަކެއްޗަކީ ކައިވެނީގެ ހަފުލާ ބާއްވާ ތަންތަނުން ސަރުކާރުން އަތުލައިގަތް ތަކެއްޗެކެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ޑްރަމް ސެޓާއި ގިޓަ އާއި ބެރާއި ސްޕީކަރާއި ލަވަޖަޖެހާ ސެޓާއި އަދި އެ ނޫން ވެސް މިއުޒިކް ކުޅެން ބޭނުންކުރާ އެކި އާލާތްތައް ހިމެނެ އެވެ.

މިއުޒިކް ކުޅޭ ގިނަ އަދަދެއްގެ ތަކެތި އަތުލައިގަނެ، އަންދައިލުމާ ގުޅޭ ގޮތުން އަފްގާނިސްތާނުގެ މިނިސްޓްރީ އޮފް ޕްރޮމޯޝަން އޮފް ވާޗޫ އެންޑް ޕްރިވެންޝަން އޮފް ވައިސްގެ ހީރަތު ޑިޕާޓްމަންޓްގެ ވެރިޔާ އަޒީލް އަލް ރަހުމާން އަލް މުހާޖިރު ވިދާޅުވީ މިއުޒިކަކީ ޒުވާނުންގެ ސިކުނޑި ދޮވެލައި، އެ މީހުން ހަމަމަގުން އެއްކިބާކުރަން މަގުފަހިވާ ކަމެއް ކަމަށެވެ. އަދި މިއުޒިކްގެ ސަބަބުން އާންމު މިންގަނޑާ ހިލާފު އެތައް ކަމެއް ވެސް ކުރިމަތިވާތީ މިއުޒިކާ ޒުވާނުން ދުރުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ތާލިބާންގެ އަފްގާނިސްތާން ދިޔަ ފަހުން، ހަރުކަށި އެތައް އުސޫލުތަކަށް ދަނ އަމަލުކުރަމުންނެވެ.